ފޭރު ގަހުގެ ފަތަކީ އޭގައި ތަފާތު އެކިކަހަލަ ވިޓަމިން ތަކާއި ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗަކަށް ވީއިރު މި ބޭނުން ކުރުމުން މީހާގެ ހަންގަނޑަށާއި އިސްތަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. ތިރީގައި މި ހިމަނާލަނީ ކައްކާފައި ހުންނަ ފޭރު ފަތު ފެނުން އިސްތަށިގަނޑު ދޮންނަ ނަމަ ލިބޭ ބައެއް ފައިދާތަކެވެ.
ކޮލަޖެން އިތުރު ކޮށްދޭ
ކޮންމެ ދުވަހަކު ކައްކާފައި ހުންނަ ފޭރު ފެނުން އިސްތަށިގަނޑު ދޮންނަ ނަމަ ބޮލުގެ ހަންގަނޑުގައި ހުންނަ ޖަރާސީމުތައް މަރުވެ، ބޮލުގެ ހަންގަނޑު ދުޅަވުން ކުޑަކޮށްދެއެވެ. އަދި ފޭރު ފަތުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ކޮލަޖެން އުފައްދާ މިންވަރު އިތުރުވެ އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ވެއެވެ.
އިސްތަށި ފެޅުން އިތުރުވޭ
ގަވާއިދުން ފޭރު ފަތުން އިސްތަށިގަނޑު ދޮންނަ ނަމަ ދެން ލިބޭ އެންމެ ބޮޑު ފައިދާއަކީ އިސްތަށި ފެޅުން އިތުރުވެ އިސްތަށިގަނޑު ވަރުގަދަވުމެވެ. މިފަތުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ބޮލުގެ ހަންގަނޑުގައި ކޮލްޖެން އުފައްދާވަރު އިތުރުވެ، އޭގެ ސަބަބުން ފަސޭހަކަމާއެކު އިސްތަށި ފަޅަން އެހީވެދެއެވެ.
އިސްތަށި ފޭބުން ހުއްޓުވައިދޭ
ފޭރު ފަތު ފެނުން އިސްތަށިގަނޑު ދޮންނަ ނަމަ ބޮލުން އިސްތަށި ފޭބުންވެސް ހުއްޓުވައި ދެއެވެ. ފޭރު ފަތަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ބީ ހިމެނޭ އެއްޗެއްކަމުން މި ބޭނުން ކުރާނަމަ އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތާސިގަނޑު ހަލާކުވެ، އިސްތަށި ފޭބުން ދައްކޮށްދެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު