ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހަދާފައިވާ ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ހުޅުމާލެއިން ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިހާރު ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. އެ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެކުރިން އެއްވެސް ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް މުއިއްޒު ގެންދަވަނީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅާ އަމަލުފުޅު ދިމާކުރައްވާނެ ކަމަށާއި ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާކަށް އެއްވެސް ފަރާތަކަށް އެމަނިކުފާނު ކުޑަވެސް ޖާގައެއް ނުދެއްވާނެކަން އިއްޔެ ސާބިތުކޮށްދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު