ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރުއެެވެ. ޓިނު ބިލްޑިންގްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެދުވަހު މެންދުރު ފަހުގެ ވަގުތެއްގައެެވެ. ޓިނު ބިލްޑިންގްގައި ރޯވި އަލިފާންގަނޑު އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނެެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވީ، އެހާދިސާގެ ތަހުޤީޤުގައި ބައިވެރިވުމަށް އިންޑިއާ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އިންޑިޔާގެ ހާއްސަ ޓީމުން މިހާރު ދިވެހި ފުލުހުންނާ އެކު ތަހުގީގުގައި ހަރަކާތްތެރިވަމުންދާކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ މީގެ ކުރިން ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާގެ ތަހުޤީޤަށް ބޭރު ތަޖުރިބާކާރުންގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. ކޮމިޝަނަރު ޝުޖާޢު ވަނީ އެހާދިސާގެ ފުރިހަމަ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.
ސީޕީ ވިދާޅުވީ އެހާދިސާގެ މަންޒަރު ދުށް ބައެއް ފަރާތްތަކުގެ ބަޔާންތަށް ތަހުޤީޤަށް މިހާރު ނަގާފައިވާނެ ކަމަށެވެ. އަދި އެހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ބެލެވޭ ފަރާތްތައް ހޯދައި އެފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު