އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އިބްރާހިމް ފަޒީލް ރަޝީދާ ދުވަހަކު ވެސް ބައްދަލު ކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނޭ، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އަކްރަމާއި ބައްދަލުކުރި ކަމަށް ދޭހަވާގޮތަށް ފުލުހުން ރޭ ދެއްކި ވާހަކަތަކާއި ގުޅިގެންނެެވެ. ޝޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ އޭނާއާއި ފަޒީލާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި ބިންވެރިޔާ ސްކީމުން ދޫކުރާ ގޯތީގެ މައްސަލައިގައި އެއްވެސް މުއާމަލާތެއް ފަޒީލް އާއި ކޮށްފައި ނުވާނެ ކަމަށާއި އަދި، އެއްވެސް ކަމެއްގައި އޭނާއާ ބައްދަލުކުރަން ފަޒީލް އެދިފައިވެސް ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް މިހެން ވިދާޅުވި ނަމަވެސް ފުލުހުންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލައިގެ ތަހުޤީޤުގައި ފުލުހުން ފަޒީލާ ސުވާލުކޮށް އޭނާގެ ބަޔާން ނަގާފައިވާ ވާނެކަމަށެވެ. އަދި ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާއި ހަވާލާދީ ޝަރީފް ވިދާޅުވިއެވެ. ޝަރީފު އިތުރަށް ވިދާޅުވީ މިހާތަނަށް އެ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރެވުނު މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިންވެރިޔާއަށް ކުރިމަތިލުމުން ޝަރުތު ހަމަނުވާކަމަށް ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަމުގެ ޝަކުވާ ކުރިކަމަށް ބުނެފައިވާކަމަށެވެ.
އަދި އޭގެތެރެއިން އެކަކަށް ގޯތި ހަމަޖެހުނު ވާހަކަ އެއިރުގެ ވެރިޔަކު ފަހުން އަންގަވާފައިވާކަމަށް ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ޝަރީފް ވިިދާޅުވިއެވެ. އެމައްސަލައިގައި ތަހުޤީޤަށް މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށް ފުލުހުން ރޭ ހާމަކުރިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިތުރަށް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރި ބިންތަކެއްގެ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ލިޔުން ލިބިފައިވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ތިން ގޯއްޗަކަށް ޝައްކު ކުރެވޭ ލިޔުންތަކެއް ހުށައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު