މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، ފަސް ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ވިއްސާރަ އާއި ގުޅިހެން ފަސް ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓާއެކު ކުރަމުން އަންނަ ކަމަށްް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވާގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. ރޭ ދަންވަރުން ފެށިގެން މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގާ ބިނގާވެ އުޅުން ވެސް ވަނީ ދަތިވެފައެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރަ އާއި ގުޅިގެން ގިނަ އަދަދެއްގެ ގޭބިސީތަކުން ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާތީ، 5،000 ވެލިބަސްތާ އެންޑީއެމްއޭ އިން ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަކީ ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. މި ދެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު