މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އަށް ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ 32 މީހުންނަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިން ބުއިން ހަމަޖައްސައިދިނީ ފެންބޮޑުވުމުގެ ސަބަބުން އެމީހުން އުޅުނު ގޭބިސީތަކުގައި ކައްކައި ކައިބޮއެ ހެދުމަށާއި ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިންގޮތުގައި ވިއްސާރައިގައި ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ވަނީ ހަދާފައެވެ. ވިއްސާރައާ ގުޅިގެން ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭ އިން މީގެ ކުރިން ބުނެފައިވަނީ ވިއްސާރަ އާއި ގުޅިގެން މާލޭގެ 5 ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރު އެންމެ ގިނަ ވާރޭވެހިފައިވަނީ މާލެ އަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެ އަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓު އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު