"ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރާ ޓީމުގައި އިސްކޮށް ހިމެނޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ރަޖުނީ ޝުއައިބުއާ އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނާ ޕޯސްޓުތަކެއް އާންމުކޮށްފައެވެ. އެ ޕޯސްޓްތަކުގައި ބުނެފައިވާގޮތުގައި ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ ވިނަރެސް ފްލެޓްތަކުންނެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޖުނީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަައެއް ނުކުރެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ. އެމައްސަލަ އޭސީސީ އިން ވެސް އަންނަނީ ބަލަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު