ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސަސްޕެންޑް ކުރުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީ ފޮނުއްވީ މިއަދު އެެވެ. އޭނާ ވަނީ އެ ސިޓީ އެކްސްގައި ހިއްސާ ކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ފަޒުލް ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާއާ މެދު އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކިއެކި ޕްލެޓްފޯމުތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުންފުނިން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީ އަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެދިވަޑައިގަންނަވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވެގެން ދިޔުން ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން އެދިވަޑައިނުގަންނަވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ކަންމިހެން ހުރުމުން، ބިންވެރިޔާ ސްކީމްއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." ފަޒުލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން ގެންދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން ފަޒުލް އާއެކު ޗެއާމަން ފިޔަވައި އެޗްޑީސީގެ މުޅި ބޯޑު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު