މިއަހަރުގެ ތިންވަނަ ކުއާޓަރގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 31.26 މިލިއަން ރުފިޔާ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދަޢުލަތުގެ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ގްރީން ފަންޑުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ނުވަ މަހު ގްރީން ފަންޑަށް ޖަމާކޮށްފައިވަނީ ޖުމްލަ 88.91 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ލިބުނު ޖުމްލަ ފައިސާއިން ތިމާވެއްޓާ ގުޅުންހުރި 10 މަޝްރޫއަކަށް 57.65 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެގޮތުން ށ. ކޮމަންޑޫގެ ރަށް ގިރުން ހައްލުކުރުމުގެ މަޝްރޫއުއަށް ޖުމްލަ 38.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ށ. މިލަންދޫ ރަށް ގިރުން ހައްލުކުރުމުގެ މަޝްރޫއުއަށް ޖުމްލަ 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ގދ. ތިނަދޫގައި ފެންހިންދުމުގެ ނިޒާމެއް ޤާއިމުކުރުމަށް 2.1 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
މިއަހަރު ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން 80.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގެސްޓުހައުސްތަކުން 4.79 މިލިއަން ރުފިޔާ ދައްކާފައިވާއިރު، ޓޫރިސްޓު ހޮޓާތަކުން 2.11 މިލިއަން އަދި ސަފާރީތަކުން 1.25 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ 4.79 ރުފިޔާގެ ތެރެއިން 2.5 މިލިއަން ރުފިޔާ ދައްކާފައިވަނީ މާލެ އަތޮޅުގެ ގެސްޓް ހައުސް ތަކުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަސް ނިމުނުއިރު، ގްރީން ފަންޑުގައި ބާކީ ހުރީ 31.26 މިލިއަން ރުފިޔާއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.
އެގޮތުން ރިސޯޓްތަކާއި ސަފާރީތަކާއި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ. އަދި އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.
ނަމަވެސް، އަންނަ އަހަރުން ފެށިގެން، ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭ ގޮތަށް ގްރީން ޓެކުހުގެ ރޭޓުތައް މަޖިލީހުން ވަނީ ބޮޑުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު