ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ ލަފައެއް ހޯދުމަށް ހުށައެޅި ގަރާރަށް ދިވެހި ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އދ އާއި ބައިނަލްއަގްވާމީ އެހެނިހެން ޖަމިއްޔާތަކާއި އިސްރާއީލުގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން އަކަށް އެދި އާންމު މަޖިލީހުން ގަރާރު ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
ނޯވޭއިން ހުށަހެޅި މި ގަރާރަކީ އެހެން ބައެއް ގައުމުތަކާ ގުޅިގެން އެކުލަވާލި ގަރާރެކެވެ. މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 137 މެންބަރުންގެ އިއްތިފާގުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ފަލަސްތީނުގެ ހިފާފައިވާ ސަރަޙައްދުގައި ހިންގަމުންދާ އިންސާނީ ހަރަކާތްތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށް އދ އާއި އިންސާނީ އެހީދޭ ޖަމާޢަތްތަކާއި އެމެރިކާއިން ކުރަމުންދާ މަސައްކަތަކަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެެވެ.
މި ގަރާރަށް ރާއްޖެއިން ކުރާ ތާއީދު ފާހަގަކުރައްވައި، މިނިސްޓްރީގެ ބަޔާނުގައި ބުނީ މި ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސްއާ އެކު އޮންނަ ބޯޑަރުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް، އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި ޤާއިމުކުރުމަށް ވެފައިވާ ވަޢުދުގެ ހެއްކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު