އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް، އެއްވެސް މީހަކަށް ގޯއްޗެއް، ފްލެޓެއް ދިނުމަކީ ނުވަތަ ނުދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީ އަށް ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތަކާއި މިއަދު މެންދުރުފަހު ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް، އެއްވެސް މީހަކަށް ގޯއްޗެއް، ފްލެޓެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުމަކީ ނުވަތަ ނުދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ކަންކަން ކުރަންޖެހޭނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި ސަރުކާރުގެ ކަންތަށްތައް ކުރާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ސަރުކާރަށް ލިބޭނަމަ ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ. އެގޮތުން ގައުމުގެ ކަންކަން ރަނގަޅުކުރެވޭނީ އާންމު ރައްޔިތުންނާއި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން އެމަނިކުފާނާއި ސަރުކާރަށް ލިބިގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ، ހުރިހާ ފަރާތްތަކެއްގެ އެއް ބާރުލުން ލިބެންޏާ ކަންކަން ރަނގަޅަށް ގެންދެވޭނެ ކަން، މި އެންމެންގެ އެއްބާރުލުން ލިބިގެން އާންމު ރައްޔިތުންގެ އެއްބާރުލުން އަދި އެހެން ފަރާތްތަކުގެ އެއްބާލުން ލިބިގެން މިކަންކަން ރަނގަޅުކުރެވޭނެ، އެންމެންގެ ވެސް ނިޔަތަކަށް ވާންޖެހޭނީ ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް ކަންތައްތައްތަކެއް ވޭތޯ ބެލުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތިތަކެއް ދިން ކަމަށް އެޗްޑީސީ އަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުޤީޤުގެ ތެރެއިން އެކަމުގެ ހަގީގަތް ހާމަވެ އެކަމުގެ އަޑީގައި ތިބި ފަރާތްތަށް ހޯދޭނެ ކަމަށެވެ. އަދި އެޗްޑީސީގެ ކޮރަޕްޝަން ތުހުމަތުކުރެވޭ ފަރާތްތައް ތަހުޤީޤުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާނގައި އެޗްޑީސީގެ ތެރެއިން މި ދިމާވި ކަންތަކުގައި އެންމެ ރަނގަޅަށް އިރާދަ ކުރެއްވިއްޔާ ކަންކަން ފަހިވެގެންދާނެ ކަމަށް އަޅުގަނޑު ބަލަން، އުންމީދުކުރަން ދެން ޕޮލިހުގެ އިންވެސްޓިގޭޝަންގެ ތެރެއިން އަޅުގަނޑު އުންމީދު ކުރަން ހިނގި ކަންތައްތަކުގެ ޙަޤީޤަތް އެނގި އެކަމުގައި ބައިވެރިވަނީ ކޮން ބައެއްކަން ވެސް އެނގިގެން ގޮސް ފިޔަވަޅު އެޅި ކުރިއަށް އޮތް ތަނުގައި އެކަހަލަ ފިޔަވަޅުތައް އެޅި ކަންކަން ދިމާނުވާ ގޮތަށް ކަންކަން ފަހިވެގެން ދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު