ރާއްޖެއަށް މީގެ 20 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅޭގޮތުން ފޮޓޯ މައުރަޒެއް ބާއްވަން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފި އެވެ.
"ވިލުންތެރި 20" ގެ ނަމުގައި ބާއްވާ މި މައުރަޒަކީ ސުނާމީ ކާރިސާއަށް ފަހު ގައުމު އަލުން ބިނާކުރަން އެންމެން ގުޅިގެންކޮށްފައިވާ މަސައްކަތްތައް ދައްކުވާދޭ ފޮޓޯ މައުރަޒެއް ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
މި މަހުގެ 26-29 އަށް ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ މި މައުރަޒާ ބެހޭގޮތުން އެންޑީއެމްއޭ އިން ބުނީ މައުރަޒުގައި ލައިވް އާޓްގެ އިތުރުން "ޕްރިޕެއަ ފޯ ޓުމޯރޯ" ގެ ނަމުގައި ހާއްސަ ސެގްމެންޓެއްވެސް ކުރިއަށްދާނެ ކަމަށެވެ.
މި މައުރަޒު އާއްމުންނަށް ހުޅުވާލަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
ސުނާމީ އަށް ފަހު 2005 ގެ ޑިސެމްބަރު 26 އިން ފެށިގެން އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު