ޗައިނާ އާއެކު ރާއްޖޭން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހާމަކުރުމަށް ބާ ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ވަކީލް މުޢިއްޒު މިކަމަށް ގޮވާލެއްވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހު އަމަލުކުރަން ފެށުމާއެކު ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ދަޢުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް މީގެކުރިން ފުރުއްވާފައިވާ މުޢިއްޒު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ ފުރަތަމަ ދުވަހު ޢަމަލުކުރަން ފަށާއިރު މިހާތަނަށްވެސް އެއްބަސްވުން ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
އެގޮތުން އެ އެއްބަސްވުން ޢާއްމުކުރުން މާބޮޑަށް ލަސްވެއްޖެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ތިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ފެނިގެންތާ އޭގެ ފައިދާ ހޯދާނެ ގޮތް ރަނގަޅަށް ދެނެގަނެވޭނީ.” މުޢިއްޒު ވިދާޅުވެފައިވެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އިޤްތިޞާދީ ވުޒާރާއިން ބުނެފައިވަނީ ޗައިނާ އާއެކު ރާއްޖޭން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ކްރިއޭޓިވް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަށް ބޭނުންވާ ގިނަ ބާވަތްތަކަކުން ޑިއުޓީ މައާފްވެގެންދާނެ ކަމަށެވެ.
އެގޮތުން ތްރީޑީ ޕްރިންޓަރާއި ލޭބަލް ޕްރިންޓަރ އަދި ފޮޓޯގްރަފީ އިކުއިޕްމަންޓްސް އެތެރެކުރާއިރު އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށާއި ގަހަނާ ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ އާލާތްތަކާއި، ރޯމެޓީރިއަލުންވެސް ޑިއުޓީ މައާފްވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ބުނީ މިއެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެ އެތެރެކުރާ މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ޑިއުޓީވެސް މައާފްވެގެންދާއިރު، ސީފުޑްގެ 296 ބާވަތެއްގެ ޑިއުޓީ އެއްކޮށް މައާފްވާނެކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުން ކުރިއަށް ގެންދަން ރައީސް ޔާމިންގެ ވެރިކަމުގައި ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ވަނީ ފާސްކޮށްފައެެވެ.
އެހެން ނަމަވެސް އޭގެފަހުން ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ ރައީސް ސާލިޙްގެ ސަރުކާރުން އެއްބަސްވުން މުރާޖައާ ކުރާ ކަމަށް ބުނެ އެ އެއްބަސްވުމަށް އަމަލު ކޮށްފައެއް ނުވެއެވެ.

Thiya FTA eh fenigenthaa , eyge faidhaa hoadhaane goiy rangalhah dheneganeveynee. 1 Jan 2025 ga amalukuran feshey FTA aammukoh shaaiu kurun maabodah lasvejje. China aa ekee kuri FTA haamakurey! https://t.co/1AE1snCBL5
— Ahmed Muizzu (@AhmedMuizzu) December 22, 2024
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އިޤްތިޞާދީ ވުޒާރާއިން ބުނެފައިވަނީ ޗައިނާ އާއެކު ރާއްޖޭން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ކްރިއޭޓިވް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަށް ބޭނުންވާ ގިނަ ބާވަތްތަކަކުން ޑިއުޓީ މައާފްވެގެންދާނެ ކަމަށެވެ.
އެގޮތުން ތްރީޑީ ޕްރިންޓަރާއި ލޭބަލް ޕްރިންޓަރ އަދި ފޮޓޯގްރަފީ އިކުއިޕްމަންޓްސް އެތެރެކުރާއިރު އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށާއި ގަހަނާ ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ އާލާތްތަކާއި، ރޯމެޓީރިއަލުންވެސް ޑިއުޓީ މައާފްވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ބުނީ މިއެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެ އެތެރެކުރާ މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ޑިއުޓީވެސް މައާފްވެގެންދާއިރު، ސީފުޑްގެ 296 ބާވަތެއްގެ ޑިއުޓީ އެއްކޮށް މައާފްވާނެކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުން ކުރިއަށް ގެންދަން ރައީސް ޔާމިންގެ ވެރިކަމުގައި ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ވަނީ ފާސްކޮށްފައެެވެ.
އެހެން ނަމަވެސް އޭގެފަހުން ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ ރައީސް ސާލިޙްގެ ސަރުކާރުން އެއްބަސްވުން މުރާޖައާ ކުރާ ކަމަށް ބުނެ އެ އެއްބަސްވުމަށް އަމަލު ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު