ފަރުޟު ޙައްޖު އަދާކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް ޙައްޖަށް ދެވޭނީ ފުރަތަމަ ޙައްޖުކުރާތާ 5 އަހަރު ފަހުން ކަމަށް ކަނޑައެޅުމާ މެދު އާންމުންގެ ޚިޔާލަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހުޅުވާލައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައެއް އިސްލާމީ ޤައުމުތަކުގައި މިފަދަ އުޞޫލުތަކަށް ޢަމަލުކުރަމުންދާ ކަމަށެވެ. މިގޮތަށް އުޞޫލު ކަނޑައަޅާފައިވަނީ ފަރުޟު ޙައްޖު އަދާކުރަން އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މިފަދަ ކަމެއް ރާއްޖޭގައި ކުރުމާ މެދު ތިޔަބޭފުޅުންގެ ޚިޔާލުފުޅަކީ ކޮބައިތޯ؟" މިނިސްޓަރު ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެ.
މިނިސްޓަރު ޝަަހީމްގެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އެކަމަަށް ތާއިދުކޮށްފައެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ޙައްޖަށް ދިއުމަށް އެދި ހުށަހަޅާއިރު، ހުރިހާ ފަރާތްތަކަކަށް ފުރުޞަތު ދިނުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. މި އައު އުޞޫލު ތަޢާރަފުކުރުމުން، ފުރަތަމަ ފަހަރަށް ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު