ދިވެހި ދަޢުލަތުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންވެސްޓްމަންޓްތައް ރައްކާތެރި ކޮށްދޭނެކަމުގެ ޔަޤީންކަން ވެރިކަންކުރާ ޕްރޮގްރެސިވް ނޭޝަނަލް ކައުންސިލުން ދީފިއެވެ.
ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓިތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރާއްޖޭގެ އިގުތިސާދަށް ފޫނުބެއްދޭވަރުގެ ނުރައްކާތެރި ގެއްލުމެއް ލިބޭނެ އަމަލެއް ނުހިންގާނެ ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
އެހެން ނަމަވެސް ޕާޓީތަކާއި މަދަނީ ޖަމިއްޔާތައްވެސް ގާނޫނީ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
“ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމަންޓުތައް ރައްކާތެރި ކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެ.” ޕީއެންސީގެ ބަޔާނުގައިވެއެވެ.
ޕީއެންސީން މިހެން ބުނެފައިވާއިރު އެޕާޓީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު ވަނީ އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމް ފުނޑާލުމަށް ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކަތަކެއް ނިހާދު ދެއްކެވި މައްސަލާގައި މިހާރު އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ހަރުގެ ޖަލްސާގައި ނިހާދު ދެއްކެވި ވާހަކަތައް އިދިކޮޅު އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. އެޕާޓީން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަން ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު