މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން 150 ސައިކަލު ޓޯވކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މާލެގެ ކާރޫބާރޫ ބޮޑުވާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް ބުރާސްފަތި ދުވަހު ފަށާފައެވެ.
ފުލުހުން ބުނީ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވ ކުރަން ފަށާފައިވަނީ، ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަޙްމަދު މަގު އަދި ސޯސަން މަގުގެ އިތުރުން، އައިޖީއެމްއެޗް އަދި ވިލިގިލި ފެރީޓާމިނަލް ސަރަހައްދުން ކަމަށެވެ.
ޓޯވ ކުރަމުންދާ އުޅަނދުތަކަކީ، ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތައް ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނީ ޓޯވކުރާ އުޅަނދުތައް އަނބުރާ ގެންދިއުމަށް ވެރިފަރާތަށް ހަތް ދުވަހުގެ މުއްދަތެއް ދީ އެކަން އިޢުލާންކުރާކަމަށެވެ. އަދި ދެމަސް ދުވަސްފަހުން އެ އުޅަނދުތައް ނުގެންގޮސްފިނަމަ، ރަޖިސްޓްރީ ބާޠިލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށައަޅާނެކަަމަށްވެސް ފުލުހުން ބުންޏެވެ.. އަދި ރަޖިސްޓްރޭޝަން ބާޠިލުކުރާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތްވެސް ކުރާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅެމުންދާ މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަރާތުގައި ޤަވައިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެ. މީގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު