ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި ހައުސިންއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައިފި އެވެ.

މިއަދު ގެންނެވި އެއް ބަދަލަކީ ފިނޭންސް މިނިސްޓްރީއަށް ޕްލޭނިންގްގެ ބައި އިތުރު ކުރެއްވުމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލު ކުރައްވައި އެ ވުޒާރާގެ މިނިސްޓަރ ކަމަށް އައްޔަނު ކުރެއްވީ ކުރިން ވެސް ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި މޫސާ ޒަމީރުމެވެ.

އަނެއް ބަދަލަކީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލު ކުރެއްވުމެވެ. އެމިނިސްޓްރީ ހަވާލުކުރެއްވީ، ކުރިން ހައުސިން މިނިސްޓަރގެ ގޮތުގައި ހުންނެވި މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއެވެ.

މިފަހަރު މަރްޔަމް މާރިޔާއާއި ހަވާލުކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.

މިފަހަރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށް އައްޔަނު ކުރެއްވީ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން