މިއަދު ހުވާ ކުރެއްވި ކެބިނެޓް މިނިސްޓަރުންނާއެކު ރައީސްއާއި ނާއިބު ރައީސް--
މިއަދު ހުވާ ކުރެއްވި ކެބިނެޓް މިނިސްޓަރުންނާއެކު ރައީސްއާއި ނާއިބު ރައީސް--
ކެބިނެޓަށް މިއަދު ބަދަލުތަކެއް ގެންނެވީ ސަރުކާރުގެ މަސައްކަތްތަކުގެ ސްޕީޑް އިތުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ޑރ. އަލީ ހައިދަރު ހަމަޖެއްސުމާއި އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް މާރިޔާ ހަމަޖެއްސެވުން ހިމެނެ އެވެ.

މިއަދު ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ހައުސިންއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުން ހިމެނެ އެވެ.

ކެބިނެޓް މިނިސްޓަރުން މިއަދު ހުވާކުރެއްވުމަށް ފަހު އެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކެބިނެޓަށް ބަދަލުތައް ގެންނެވީ އަންނަ އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއްކަމުގައި ވާތީ ކަމަށެވެ.

އަދި މިނިސްޓަރުން ވަނީ ހަވާލުވެވަޑައިގެންނެވި ޒިންމާތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހެޅި ދުވަސްވަރު ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރު އެންމެ ބޮޑު ޚާއްޞަކަމެއް ދެއްވާނީ ގެދޮރުވެރިކަމަށް ކަމަށެވެ.

ރައީސް އޭރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށް މަގުފަހި ކޮށްދޭނެ ބަޖެޓަށްކަމަށެވެ. އެހެންކަމުން އެ ބަޖެޓު ތަންފީޒުވެގެން ދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، މައިގަނޑު ދެ ކަމެއް މި ބަޖެޓުން ހާސިލުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި، ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިންގ ޕްރޮޖެކްޓްތަކުން 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ކުރިއަށް އޮތް އަހަރު ހިނގާނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން