ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ފެނަކައިން ދޫކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޓަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލާގައި ސަޢީދާއި ދީނާގެ މައްޗަށް ދަޢުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު އެކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
އޭގެއިތުރުން ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު އެކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މި ޢަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް އަށްލައްކަ ސާޅީސް އަށްހާސް ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ފެނަކައިގެ ކުރީގެ އެމްޑީގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު، މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ކުރީ ސަރުކާރުން އޮތީ ފެނަކަ ކޯޕަރޭޝަން 4.3 ބިލިއަން ރުފިޔާއިން ދަރުވާލައި ކުންފުނި "ރޭޕް ކޮށްފައި" ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ދާދިފަހުން އިސްތިޢުފާ ދެއްވި މުޢާޒު މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު