ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.

މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން