އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް، އަވަހާރަވެއްޖެއެވެ.
އިންޑިޔާގެ ދެ ދައުރެއްގެ ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަންމޯހަން ސިންގް، އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ ފަރުވާ ދެމުން ގެންދަނިކޮށެވެ. މަންމޯހަން ސިންގް، އަވަހާރަވިއިރު އުމުރަކީ 92 އަހަރެވެ.
މަންމޯހަން ސިންގް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 އަށެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިޔާގެ ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ގެނެސްދެއްވާފައެވެ.
އިދިކޮޅު މައި ޕާޓީ ކަމަށްވާ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ މަންމޯހަން ސިންގް ވަނީ 1982 އިން 1985 އަށް ރިޒަރވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވާފައެވެ. އޭގެ އިތުރުން 1991އިން 1996 އަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު