ރާއްޖޭގެ ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން ނިންމުމުން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރާއްޖޭގެ 11 ރިސޯޓަކުން ވަނީ ސާވިސް ޗާޖު ދޭ އުސޫލަށް ބަދަލު ގެންނަން ނިންމާފައެވެ. ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ އެފަދައިން ނިންމައި ސާކިއުލާތައް ނެރުނު ރިސޯޓްތަކުގެ ނަންތައް އެ ޖަމިއްޔާއިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ރިސޯޓުތަކުން މި ބަދަލު ގެނައުމަށް ނެރުނު ސާކިއުލާތަކުގައި ބުނެފައިވަނީ ރިސޯޓުތަކުން މިގޮތަށް ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމީ އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ވަނީ ރިސޯޓްތައް ކެޓަގަރައިޒްކޮށްފަ އެވެ. އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކަކުން މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ބުނާ ގޮތުންނަމަ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖަކީ ޑޮލަރުން ދިނުން ލާޒިމު އެއްޗެކެވެ.
މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު