ވައްކަމުގެ މައްސަަލައެއްގައި ގޭބަންދުކޮށްފައި ހުރި މީހަކު ވައްކަމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފިހާރައަކުން ވައްކަންކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ / ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ 04:00 އެހާކަންހާއިރު “ސްޕައި އެންޑް ޓެކް” ފިހާރައިން ވައްކަންކޮށްފައިވާކަމަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ އަޒްމީލް މުޙައްމަދު ހައްޔަރުކޮށް އޭނާ ވަގަށް ނެގި ފޯނުތަށް ހޯދާފައިވާ ކަމަށެވެ.“ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލް މުޙައްމަދަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި “ކްރޭވެސް ޓޭކްއަވޭ” ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ، 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން