ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހޮސްޕިޓަލްތަކަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ފޮނުއްވި ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ނަފްސާނީ އެކި އުނދަގޫތައް ދިމާވާ މީހުންގެ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ނަފްސާނީ ބަލި ހާލަތު ތަހައްމަލުކުރާ މީހުންނާއި އަމިއްލައަށް މަރުވާ މީހުން އަދި ނުކުޅެދުންތެރިކަމާ ކުރިމަތިލާ މީހުން އިތުރުވަމުންދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އެ ހިދުމަތްތައް މިހާރު ލިބެނީ މާލޭގެ އިތުރުން ލެވެލް ތިނެއް ނުވަތަ ރީޖަނަލް ހޮސްޕިޓަލުތަކުގައި އެކަނި ކަން ފާހަގަކުރެވެއެެެވެ. ނަމަވެސް، ރަށްރަށުގައި ނަފްސާނީ ފަރުވާ އަދި ތެރަޕީތައް ހޯދަން އުނދަގޫވުމުން ހިދުމަތްތައް ފުޅާކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ޕޮލިސީން ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ އަދި އެހީތެރިކަން ދެވޭ މިންވަރު އިތުރުކޮށް، ހިދުމަތް ހޯދާ މީހުންގެ ވެއިޓްލިސްޓުގައި މަޑުކުރަންޖެހޭ މުއްދަތު ކުޑަކުރުމާއި ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން އަދި ސޯޝަލް ވޯކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ގޮތެއް ގާއިމްކޮށް، ލެވެލް 2 ގެ ހޮސްޕިޓަލްތަކުގައި އެ ހިދުމަތް ފަށަން ނިންމީ ކަމަށެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ހއ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅު ހޮސްޕިޓަލާއި ނ. އަތޮޅު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލްާއި ފ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލާއި ގއ. އަދި ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަ އަހަރުގެ ކުރީކޮޅު އެ ހިދުމަތްތައް ފެށުމަށްކަމަށް މައުލޫމާތު ލިބިފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު