ރާއްޖޭގައި މިއޮތީ ތިމާމެން ނުރުހޭ އެއްޗެއް ބުނާ ކޮންމެ މީހަކު "ރޮލާ ކާލާ" ޑިމޮކްރެސީއެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކޮށް ޙިއްސާކުރެއްވި މެސެޖެއްގައި އާޒިމާ މިއަދު ވިދާޅުވީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮވެ ކުރިޔަށްދާއިރު، ޤައުމުގައި ހުރީ ޙައްލުކުރަން ކުދި އަދި ފަސޭހަ މައްސަލަތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި އަޅަމުންގެންދާ ފިޔަވަޅުތަކާގުޅޭ ގޮތުން، ފަންނީ މީހުންނާއި ތަޖުރިބާކާރުންނާއި ރައްޔިތުން އެމީހުންގެ ބަސް އިއްވަމުންދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ހަމައެއާއެކު އާޒިމާ ވިދާޅުވީ ޤައުމުގައި ޙައްލު ނުކުރެވި ހުންނަ މައްސަލަތަކުގައި ޤައުމުގައި ތިބި ބަސްވިކޭ، އާރުލާ، ތަޖުރިބާ ހުރި ބޭފުޅުން ބަސްވިދާޅުވާން ޖެހޭނެ ކަމަށެވެ. އަދި އެއީ ކޮންމެހެން ސަރުކާރާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ބުނާ އެއްޗެއް ނޫންކަމަށާއި ނަމަވެސް ޤައުމު ކުރިޔަށް ގެންދިޔުމުގައި އެބޭފުޅުން ދައްކަވަނީ މުހިންމު ވާހަކަފުޅުތަކެއްކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.
“އެހެނަސް މިއަދު މިފެންނަނީ ތިމާމެން ނުރުހޭ އެއްޗެއް ބުނާ ކޮންމެ ފަހަރަކު، ހުރިހާ އެކްޓިވިސްޓުންވެގެން އެބޭފުޅަކު "ރޮލާ ކާލާ" މަންޒަރެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މޭސްތިރިންނަށްވިޔަސް، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިބި ޚިދުމަތްތެރިންނަށްވިޔަސް، އެކިއެކިފަންނުތަކުގެ މާހިރުންނަށްވިޔަސް ވަރިހަމައެވެ.” ރާއްޖޭގެ ޙާލަތު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން އާޒިމާ ވިދާޅުވިއެވެ.
އެގޮތުން އާޒިމާ ވަނީ އެކަމަނާގެ އަމިއްލަ ތަޖުރިބާއެއް މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.
“މިއިން އެއް ބޭފުޅަކަށް (އެކްޓިވިސްޓަކަށް) މިރޭ އަޅުގަނޑު ދަންނަވާލީމެވެ. ހެވެއް ނުބައެއް ނުބަލާ، އެއްޗެއް ބުނާ ކޮންމެ މީހަކު "ރޮލާ ކާލާ" ބީދައިން، އެޓެކްކުރީމާ ނޫނީ އެންމެ ދަށު ދަރަޖައިން ދިމާކުރީމާ ގެއްލެނީ ސަރުކާރަށް އޮތް ސަޕޯޓެވެ. ތިޔަ އެކްޓިވިސްޓުންގެ ވިސްނުމުގެ ހަނިކަމާއި ހަމަލާގެ ފެންވަރު ރިފްލެކްޓް ކުރަނީ ސަރުކާރަށެވެ. ސިޔާސީ ފާޑުކިޔުމާއި ބިނާކުރަނިވި ފާޑުކިޔުން ވަކިކުރަން ދަސްކުރާށެވެ.” ސިޔާސީ ގޮތުންނާއި ޤައުމީ ވިސްނުމުންވެސް އެކޮޅު މިކޮޅު ބެލުމެއްނެތި ޙަރަކާތްތެރިވާ އެކްޓިވިސްޓަކަށް ދެއްވި ނަސޭޙަތް އާޒިމާ ޙިއްސާކުރެއްވިއެވެ.
ހަމައެއާއެކު އާޒިމާ ވަނީ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގެ ތަޢުލީމީ އަދި ޚިދުމަތްތެރިންގެ އާބާދީއަށް ބަލާއިރު ކެބިނެޓްގައި އެންމެ 2 އަންހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި އެންމެ 3 އަންހެން ބޭފުޅުން ތިއްބެވުމަކީ ކަންބޮޑުވާންޖެހޭ މިންވަރަށް މަދު ޢަދަދެއް ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
“މިކަމާ ކަންބޮޑުވެގެން ބަސްބުނަނީ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ވީމައެވެ. އަދި ރާއްޖޭގެ ހުރިހާ އަންހެނުންނާއި މުސްތަޤްބަލުގެ އަންހެން ދަރިންގެ ޙައްޤުގައި ބަސްބުނެ އިއްވަން ޖެހޭތީއެވެ. ބަސްނުބުނެފިނަމަ، މިބަސް އިއްވާނޭ ވަކި އެހެން ބަޔަކު ނާންނާނޭތީއެވެ.” އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ހުންނެވި އަންހެން ވަޒީރު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައިވާތީ ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު