ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން އިސްތަށި ގަނޑު ކުރަކިވެ، ބޮލުގެ އެކި ތަންތަން ތަލަ ވެސް ވެއެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދަން ކޮންމެ މީހަކުވެސް ބޭނުންވެއެވެ.
ބޮލުން އިސްތަށި ފައިބާނަމަ އެކަމަށަ ހައްލު ހޯދުމަށް ކުކުޅު ބިސް ބޭނުން ކުރެވިދާނެއެވެ. ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ބައޮޓިން އަދި ފެޓު ހިމެނޭ އެއްޗަކަށްވީއިރު، މި ހުރިހާ މާއްދާއަކީވެސް އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޭނުންތެރި މާއްދާތަކެކެވެ.
އިސްތަށި ފޭބުން ހުއްޓުވުމަށް ބިސް ބޭނުން ކުރާނެ ގޮތް
މިއީ ވަރަށް ފަސޭހަކަމާއެކު ތައްޔާރު ކުރެވޭ ހެއާ މާސްކެކެވެ.
މި ތައްޔާރު ކުރުމަށްޓަކައި 2 ބިސް ނެގުމަށްފަހު އޭގެ ރީނދޫ ބައި (ގޮބޮޅި) ވަކިކޮށްލާނީއެވެ. އަދި ހުދުބައި ރަނގަަޅަށް އެއްކޮށްލުމަށްފަހު އިސްތަށިގަނޑުގައާއި ބޮލުގެ ހަންގަނޑުގައި އުނގުޅާލާނީއެވެ. މި އެގް މާސްކް 30 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ތާފެނާ ފެނުން ރަނގަަޅަށް ދޮވެލަން ވާނެއެވެ.
މި މާސްކު ބޭނުން ކުރުމުން ލިބޭ ފައިދާތައް
މި މާސްކު ބޭނުން ކުރުމުން އިސްތަށިތަކުގެ ފޮލިކަލްތައް މަރާމާތުވެ، އޭގެ ސަބަބުން އިސްތަށި ފެޅުން އިތުރުވެއެވެ. އަދި ބޮލުގެ އިސްތަށިތައް ވަރުގަދަވެސް ވެއެވެ.
މި މާސްކު ތައްޔާރު ކުރާއިރު އޭގެ ތެރެއަށް ޒައިތޫނި ތެޔޮ ނުވަތަ މާމުއި ސަމުސަލެއް އަޅާފައި ބޭނުން ކުރުމުން، ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑު އިތުރަށް މޮއިސްޗަރައިޒުވެއެވެ.
ވީމާ ބޮލުން އިސްތަށި ފައިބާނަމަ މި މާސްކު ބޭނުން ކުރުމަކީ މުހިންމުކަމެކެވެ. އެންމެ އަވަހަށް މި މާސްކުގެ ނަތީޖާ ފެންނާނީ ކޮންމެ ހަފްތާއަކު ދެ ފަހަރު މި އެގް މާސްކް ބޭނުން ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު