ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއިން--
ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއިން--
ހަންގޭރީގައި ކިޔެވުމަށް ގިނަ އަދަދެއްގެ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" ގެ ދަށުން ހުޅުވާލި ފުރުސަތުތަކެއް ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ޖުމްލަ 25 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލި އިރު އޭގެ ތެރޭގައި އަށް ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ތިން ފުރުސަތު ހުޅުވާލައިފައިވެއެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް އިމްްތިހާނުން ދަށްވެގެން ފަސް މާއްދާއިން ސީ ފާހެއް އޮތުން ހިމެނެއެވެ. އޭގެ އިތުރުން އިނގިރޭސި މާއްދާއިން ފާސްވުން ނުވަތަ އައިއެލްޓީއެސް ފާހެއް ވެސް އޮންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ހަމަ އެހެންމެ ކުރިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ އެ ލޯނު ގަވައިދާ އެއްގޮތަށް ދައްކަމުންދާ ފަރާތަކަށް ވެސް ވާން ޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެއެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން