ސަރުކާރު ކުންފުނިތަކުން މާލީ ބޮޑެތި ނިންމުންތައް ނިންމައި ތަންފީޒުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ، ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޮރ ސްޓޭޓް އޯންޑް އެންޓަރޕްރައިޒް ގެ 22 ވަނަ މާއްދާ އިސްލާހު ކޮށްފައިވާ ކަމަށެވެ.
އެ މާއްދާގައި ކުރިން އޮންނަނީ، ކުންފުނިތަކުގެ އޮނިގަނޑު ބަދަލު ކުރުމާއި، ލޯނު ނެގުމާއި، އެކި އިންވެސްޓްމަންޓްތައް ހެދުމާއި އަދި މުވައްޒަފުންނާއި މެނޭޖުމަންޓަށް ބޯނަސްފަދަ ޕާފޯމަންސް އާއި ގުޅުންހުރި ރިވޯޑްތައް ދިނުންފަދަ ކަންކަން ކުރާނަމަ ޕީސީބީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިއަދު ގެނައި އިސްލާހުގައި ވަނީ، އެ ކަންކަން ނިންމައި ތަންފީޒުކުރުމުގެ ކުރިން ޕީސީބީގެ ބަދަލުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
އުސޫލަށް މި ބަދަލު ގެންނަން ނިންމުމާއެކު އެ ކަންކަން ތަންފީޒު ކުރާނެގޮތުގެ ގައިޑުލައިންތަކެއް ވެސް ވަނީ އާންމު ކޮށްފައެވެ.
މިފަދަ ބަދަލެއް ގެންނަން ނިންމާފައި މިވަނީ ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގައި ޕީސީބީއަށް އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭކަމަށާއި އެތަން އުވާލުމަށްފަހު ޕީސީބީގެ ޒިންމާތައް ފިނޭންސް އިން ނެގުން މާ ރަނގަޅުވާނެކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން މީގެކުރިން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު