ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ދައުވާކުރުމަށް ގޮވާލައި ރައްޔިތުން އެގައުމުގެ މަގުތަކަށް ނުކުމެއްޖެއެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހު ވެރިކަމުން ދުރުކޮށްފައިވާ ހަސީނާ އަށް ދައުވާކުރުމަށް އެގައުމުގެ ރައްޔިތުން ގޮވާލަމުންދާއިރު އޭނާގެ މައްޗަށް މިހާރުވެސް އެތައް ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހަސީނާގެ ވެރިކަމުގައި އެތައް ސަތޭކަ ބަޔަކު މަރާލާފައިވާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމަންޓުން އިންތިޒާމްކޮށްގެން އެއްބައިވަންތަކަމުގެ ހިނގާލުމުގެ ނަމުގައި ބަންގްލަދޭޝްގައި ކުރިޔަށްގެންދާ މި ހިނގާލުން ފެށީ އަންގާރަ ދުވަހުއެވެ. މި ހިނގާލުމުގައި އެގައުމުގެ ގައުމީ އާސާރީ ބިނާއެއް ކަމަށްވާ ސެންޓްރަލް ޝަހީދު މިނާރު ކައިރިޔަށްވެސް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.
މި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ހަސީނާގެ ޝަރީއަތް އަވަސްކުރުމަށާއި އޭނާގެ އަވާމީ ލީގު ޕާޓީ އުވާލުމަށް ގޮވާލާފައެވެ.
ހަސީނާ އިންޑިއާއަށް ފިލައިގެން ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި މިދިޔަ ހަފްތާގައި ބަންގްލަދޭޝްއިން ވަނީ ހަސީނާ އެގައުމާ ހަވާލުކުރުމަށް ރަސްމީކޮށް އިންޑިއާއަށް އެދިފައެވެ.
ބަންގްލަދޭޝްގެ ޑާކާގައި ހުންނަ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން މީގެ ކުރިން ހަސީނާ އާއި އޭނާގެ ގާތް އެހީތެރިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާއިރު، އޭނާ ހައްޔަރު ކުރުމަށް އެދި ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލްގެ އެހީތެރިކަމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު