ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ދިވެހިންނަށް ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ބުނީ މިއީ ސާކްގެ ގައުމުތަކަށް ހުޅުވާލި ސްކޮލަޝިޕްގެ ޕްރޮގްރާމްތަކެއްގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތަކެއް ކަމަށެވެ.

މި ސްކޮލަޝިޕްގެ ތެރޭގައި ހިމެނީ ޑޮކްޓަރުކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ ހަތް ފުރުސަތެވެ. އެއީ (06 އެމްބީބީއެސް، 01 ބީޑީއެސް)އެވެ. މި ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ބަންގްލަދޭޝްގެ ޔުނުވާސިޓީތަކުގައެވެ.

ވުޒާރާއިން ބުނީ މި ސްކޮލަޝިޕަށް ހުޅައަޅަން ބޭނުންވާ ދަރިވަރުން މިނިސްޓްރީގެ "މައިއެޑިޔު"ޕޯޓަލް މެދުވެރިކޮށް ޖަނަވަރީ 14 ވަަނަ ދުވަހުގެ 12.00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށެވެ.

އެ ވުޒާރާއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކަށް އެކަން އެންގުމުން، ޑިރެކްޓަރޭޓް ޖެނެރަލް އޮފް މެޑިކަލް އެޑިޔުކޭޝަން ގެ ވެބްސައިޓް ގައިވާ ލިންކަށް ޖަނަވަރީ 31 ގެ ކުރިން ހުށަހަޅަންވާނެ ކަމަށް އެ އިއުލާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން