ޝާން މުހައްމަދު   2 ޖެނުއަރީ 2025 - 23:29
މީސްމީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އާމިނަތު ޒާރާ (ކަމަދޫ ޒާރާ)، އޭނާގެ ފިރިކަލުން، އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއެކު އުމްރާގެ އަޅުކަން ކުރަން މައްކާއަށް ގޮސްފިއެވެ.

ޒާރާގެ ފިރިކަލުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ސިޔާމް އާއެކު މައްކާގައި ހޭދަކުރަމުން އަންނަ ބައެއް ވަގުތުތަކުގެ މަންޒަރުތައް ޒާރާގެ މީސް މީޑިޔާ ޕްލެޓްފޯމް، އިންސްޓަގްރާމް ސްޓޯރީގައި ދަނީ ހިއްސާކުރަމުންނެވެ.

ޒާރާގެ ސްޓޯރީން ފެންނަ ބައެއް މަންޒަރުތަކުން މާތްވެގެންވާ ގެފުޅު ފެންނައިރު ޒާރާ ބުރުގާ އަޅައިގެން ސިޔާމްގެ އަތުގައި ހިފާލައިގެން ކާރެއްގައި އިންނަ މަންޒަރުވެސް ފެނެއެވެ. އަދި މި ދެމަފިރިން އަތުގުޅާލައިގެން ތިބޭ މަންޒަރުގެ ވީޑިއޯވެސް ޒާރާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.

ސިޔާމް އާއި ޒާރާގެ ކައިވެންޏަށް އަދި މާ ގިނަ ދުވަސް ނުވާއިރު މި ކައިވެންޏަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެންޏެއްކަންވެސް ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން