ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އިންޑިއާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި، ދެ ގައުމުން އިސްކަންދޭ ކަންތައްތަކާ ގުޅޭ ގޮތުންނާއި ދެގައުމާއި ރައްޔިތުންގެ ފައިދާއަށް ޓަކައި ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށް އެގައުމުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު