މާލެއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 160 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 160 މިލިލިޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގައި ކަމަށާއި އެއީ 60 މިލިލިޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރަކީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ހުރިހާ މަގުތަކެއްގައި ހެން ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ފިހާރަތަކަށާއި ގެތަކަށް ވެސް ވަނީ ފެންވަދެ ގެއްލުންވެފައެވެ. މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ހިނގާ ބިނގާވެ އުޅުމަށާއި އާންމު ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަން ދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން