މާލެއަތޮޅު ހިންމަފުށީގެ ކައުންސިލް މެންބަރަކު ކަރަންޓުގައި ޖެހި އިތުރު ފަރުވާއަށް މާލެ ގެެނެސްފިއެެވެ.
ހިންމަފުށީގެ ކައުންސިލް މެންބަރަކު "ރަސް"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ކައުންސިލްގެ އަންހެން މެންބަރު ވަފިއްޔާ އިބްރާހިމް ކަރަންޓުގައި ޖެހުނީ އިރުއޮއްސި އެހާކަށްހާއިރު ކަމަށެވެ.
ކަރަންޓުގައި ޖެހުނީ މިއަދު އެ ރަށުގައި ވިއްސާރަވެ ފެންބޮޑުވުމުން ބައެއް ތަކެތި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.
"ފުރަތަމަ ހަރަކާތެއް ވެސް ނެތް. ދެން ފުރަތަމަ ފަރުވާ ދިނީ ހިންމަފުށީގެ ހެލްތު ސެންޓަރުގައި،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ފަހުން ހެލްތު ސެންޓަރުގެ ލަފަޔާއެކު ވަފިއްޔާ މާލެއަށް އިތުރު ފަރުވާއަށް ފޮނުވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ހާލު ރަނގަޅުވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވަނީ" ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު