ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންތަކުގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
“މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން.” އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ބިދޭސީންތަކެއް އަތުލައިގެންފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ 5000 އަށްވުރެ ގިނަ މީހުން ވަނީ އަތުލައިގަނެފައެވެ. އަދި އެމީހުން ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްފައެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މި މައްސަލަތައް… pic.twitter.com/hcn0umU7WP
— Maldives Immigration (@ImmigrationMV) January 5, 2025
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ބިދޭސީންތަކެއް އަތުލައިގެންފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ 5000 އަށްވުރެ ގިނަ މީހުން ވަނީ އަތުލައިގަނެފައެވެ. އަދި އެމީހުން ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު