ރަސްމާލެ މަޝްރޫޢު 3 ގުނަ އަވަސްކޮށް، މިއަހަރު ރެކޯޑް އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެ އަތޮޅު ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް ކަމަށާއި މިއީ ރާއްޖޭގެ ތާރިޚުގައި ރެކޯޑް އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނެ ކޮންޓްރެކްޓަރުން ހޯދަން މިމަހުގެ ތެރޭގައި އިއުލާންކުރައްވާނެ ކަމަށާއި ކޮންޓްރެކްޓަރުން ހޯދުމަށްފަހު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރަކީ ބޯހިޔާވަހިކަމާއި އަދި އެހެނިހެން ދާއިރާތައް ހިމެނޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ހިނގާ އަހަރަށްވެގެންދާނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދުން އެންމެ ބޮޑު ހައްލު އަންނާނެ އެއް މަޝްރޫއު ކަމަށާއި އެ މަސައްކަތުގެ ސްޕީޑު ތިން ގުނައަށް ބާރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަޝްރޫއަކީ އިގްތިސާދީ ގޮތުން ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ މަޝްރޫއެއް ކަމަށާއި އެއީ މާލެ ސަރަހައްދަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
"މިހާރު ޢަމަލީ އޮތުން ބިން ހިއްކުން އެ ހިނގަނީ، އިރާދަކުރެއްވިއްޔާ އަދި އިތުރު ބައެއް ފަރާތްތަކުން އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން އެތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއް ފަހަރާ އެތައް މަޝްރޫޢުތަކެއް އެތައް ފަރާތްތަކެއްގެ މަސައްކަތެއް ފެށުމަށް މަސައްކަތް މި ކުރަނީ، އެހެންވީމާ ސްޕީޑު ދެ ގުނަ އަދި ތިން ގުނައަށް ބާރުވާނީ، އިރާދަކުރެއްވިއްޔާ މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވި ސްޕީޑުގައި އެކަމެއް ނުވެ، ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ވާރުތަވި އިޤުތިޞާދުގެ ތެރެއިން ހައްލުކުރަން ޖެހިފައި ހުރި ބައިވަރު ކަންތައްތައް ހައްލުކުރުމުގެ ތެރެއިން ކުރިމަތިވި ދަތިތައް ހަމަ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު