ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސަަންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ގައްސާން އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު އެވެ.
މިއީ ގައްސާން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ ދަތުރުފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން ކޮންމެ މީހަކު ވެސް މޮޑޭ ފުށްގަނޑެންހެން މޮޑެލާނެ ކަމަށެވެ. އެހެން ނަމަވެސް ދިވެހި ގައުމު ކޮންމްޕްރޮމައިޒް ނުކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މާދަން ކަންނޭނގެ ގައްސާން އެ ހާޒިރުކުރަނީ ތަހުގީގަށް. އެ ހާޒިރުކުރަނީ ކުޑަކަކޫ ޖައްސަން އެ ގެންދަވަނީ" ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ރޭ ވެސް ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު