ދަޢުލަތުން ގެއްލޭ ފައިސާ އަނބުރާ ނުހޯދޭ މައްސަލާގައި ބާ ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
މީގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ އަޙްމަދު މުޢިއްޒު މިފަދައިން ކަންބޮޑުވުން ފާޅުކުރަށްވާފައި ވަނީ މާލޭގެ ގެއެއްގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަކެތީގެ ވެރިފަރާތުން 40 މިލިއަން ރުފިޔާ ދައްކަން އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން މިނިސްޓަރ އިޙްސާނަށް ރައްދު ދެއްވަމުން މުޢިއްޒު ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ގެއްލުނު ފައިސާއާއި ކޮވިޑް ތެރޭގައި ވެންޓިލޭޓަރު ގަންނަން ދިން ފައިސާ ދަޢުލަތަށް އަނބުރާ ހޯދިފައި ނުވާކަމަށެވެ. އެހެންކަމުން ގެއްލިފައިވާ ސިނގިރޭޓާއި ގުޅިގެން ދަޢުލަތަށް ދައްކަން އެންގި 40 މިލިއަން ރުފިޔާ ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ދަޢުލަތުން އެތައް ބައިވަރު ފައިސާއެއް ގެއްލިފައިވާއިރު އެ ޚިޔާނާތްތަކުގައި ހިމެނޭ މީހުންނާއި ގެއްލިފައިވާ ފައިސާގެ ވާހަކަ ދައްކާ ބަޔަކުވެސް މިއަދު ނެތްކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އެންގި އެންގުން އޮންނާނީ ކަރުދާހުގަ. އެންމެ ލޯ ލާރިއެއް ހޯދުނަސް ރަނގަޅު.” ހިތްހަމަނުޖެހުން ފާޅުކުރަށްވަމުން މުޢިއްޒު ވިދާޅުވެފައިވެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ބޮންޑެޑް ވެއަރހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލާގައި އެތަކެތީގެ ވެރިފަރާތުން 40 މިލިއަން ރުފިޔާ ދައްކަން އަންގާފައިވަނީ ކަސްޓަމްސް ޑިއުޓީ އާއި ޖޫރިމަނާ ވެސް ހިމަނައިގެންނެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ކަސްޓަމްސުން މިހާރު ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފަ އެވެ.
އަދި މިހާރު ކަސްޓަމްސުން ނިންމާފައިވަނީ ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަަރަހައްދުގައި އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު