ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ބުނީ ހޯޑެއްދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ ހުވަދު އަތޮޅުގެ ނުވަ ރަށަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި ކަމަށެވެ.
ހޯޑެއްދޫގެ ނަރުދަމާގެ ޚިދުމަތް ޤާއިމް ކޮށްފައިވަނީ 5 ޕަމްޕު ސްޓޭޝަނާއެކު ސީ އައުޓްފޯލާއި މުޅި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ ހިމެނޭ ގޮތަށެވެ. އަދި އެރަށުގެ ގެތަކަށް މިހާރު ވަނީ ނަރުދަމާ ކަނެކްޝަން ގުޅާފައެވެ.
ހަމައެއާއެކު ހޯޑެއްދޫގައި ފެނުގެ ޚިދުމަތް ޤާއިމު ކޮށްފައިވަނީ ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭނެ ކެޕޭސިޓީއާއެކު ފެން ރައްކާކުރާ ދެ ޓޭންކް ހިމެނޭ ގޮތަށެވެ.
މިއީ އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރައީސް ޞާލިޙްގެ ސަރުކާރުގައި 2022 ވަނަ އަހަރު ފަށާފައިވާ މަޝްރޫޢެކެވެ. ނަމަވެސް އެމަސައްކަތް ނިންމާ ޚިދުމަތްދޭން ފެށީ މިސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު