ސަރުކާރުން މިދިޔަ އަހަރު ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ނުގެންދިޔަ ނަމަވެސް އަހަރު ނިމުނުއިރު ބަޖެޓް އޮތީ ހުސްކޮށްލާފައިކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ މިސަރުކާރުން މިދިޔަ އަހަރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައި ނުވަނީ ބަޖެޓުގައި މަޝްރޫޢުތަކަށް ފައިސާ ހިމަނާފައިވާގޮތް ޢުޒުރަކަށް ދައްކައިގެން ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބަހާއި ޢަމަލު އެކަމުގައި ދިމާނުވާކަން އެނގޭ ކަމަށާއި އަހަރު ނިމުނުއިރު ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ހިމަނާފައިވާ ފައިސާ އެއްކޮށް ހުސްކޮށްލާފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި ޝަމްހީދު ވަނީ ފައިސާ ޗާޕްނުކޮށް ދަޢުލަތް ހިންގަވާނެ ކަމަށް ރައީސް ދައްކަވާ ވާހަކަފުޅަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އެއީ މުޅިން ރަނގަޅު ވާހަކަފުޅެއް ނޫންކަމަށާއި ކޮންމެ ޙާލެއްގައިވެސް ފައިސާ ޗާޕްނުކޮށް ކުރިއަށް ދާން ވިސްނައިފިނަމަ ޑޮލަރުގެ ރޭޓަށް އޭގެ ނުސީދާ އަސަރު ފޯރާނެ ކަމަށް ޝަމްހީދު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ޝަމްހީދު ވަނީ ފައިސާ ޗާޕުނުކޮށް ބަޖެޓު ހަމަޖައްސަވާ ވާހަކަ ރައީސް ދައްކަވާ އިރު ބަޖެޓަށް ފައިނޭންސް ކުރަން އޮންނަ އެއް ގޮތަކީ ޓެކްސް ފައިސާ އިން އެކަން ކުރުން ކަމަށާއި އަނެއް ގޮތަކީ ފައިސާ ޗާޕުކޮށްގެން އެކަން ކުރުން ކަމަށްވެސް ވިދާޅުވެފައެވެ.
“2018 ވަނަ އަހަރު ނިމިގެންދިޔައިރު ޑޮލަރު ރޭޓު ހުރި އަދަދާއި ތިޔަ ވިދާޅުވި ފައިސާ ޗާޕު ހުއްޓާލި ފަހުން ޑޮލަރު ރޭޓު މިއަދު އޮތް އަދަދާއި ހަމަ އަޅުގަނޑުމެންނަށް މި ދަނީ ހިފަހައްޓާ ނުލެވޭ ހިސާބަށް ޑޮލަރުރޭޓު މަތިވަމުން.” ރައީސްގެ ކެބިނެޓްގައި އިޤްތިޞާދީ ވިސްނުމުގެ މީހުން ތިބެންޖެހޭކަން ފާހަގަ ކުރަށްވަމުން ޝަމްހީދު ވިދާޅުވިއެވެ.
އޭގެ އިތުރަށް ޝަމްހީދު ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވަނީ ޒިންމާދާރުކަމާ އެކުގައި ކަމަށް ބުނެވެން ނެތް ކަމަށެވެ. ސަބަބަކީ ބަޖެޓްގެ އެކި އައިޓަމްތަކުގައި ހިމަނާފައިވާ ފައިސާ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރުމުގެ ބަދަލުގައި އެހެނިހެން ކަންކަމަށް ޚަރަދު ކޮށްފައިވާކަން އެގެން އޮތުމުން ކަމަށް ރޭގެ ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ކެޕިޓަލް ޚަރަދަށް ޚާއްސަ ކޮށްފައި އޮތީ 16.7 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ދަޢުލަތުގެ ޖުމްލަ ހަރަދު 48 ބިލިއަނަށް އަރާފައިވާއިރު ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަވެފައިވަނީ 14.8 ބިލިއަން ރުފިޔާ އެވެ.
އޭގެއިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ އަހަރު 4.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު