އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޒާހިދާއި އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން މުޙައްމަދު ޒާހިދާއި އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އީސީގެ ދެ މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
މަޖިލީހުން މިއަދު އީސީ އަށް ދެ މެންބަރަކު އައްޔަނު ކޮށްފައިވާއިރު އޭސީސީ އާއި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު