އިރާނުގެ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު އަަވަހާރަކޮށްލައިފި އެވެ.
އެ ހަމަލާގައި އަވަހާރަކޮށްލީ އަލީ ރަޒީނާއާއި މުހައްމަދު މޮގީސީ ނަމަކަށް ކިޔާ ދެ ފަނޑިޔާރުން ނެވެެ. އެ ދެ ފަނޑިޔާރުންނަކީ އިރާނުގެ ގައުމީ ސަލާމަތާއި ޓެރަރިޒަމްއާ ގުޅޭ ބޮޑެތި މައްސަލަަތައް ބައްލަވަމުން ގެންދެވި ދެ ފަނޑިޔާރުން ނެވެެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އެ ދެ ފަނޑިޔާރުން އަވަހާރަކޮށްލީ ކޯޓު ތެރެގައި އެ ބޭފުޅުންނަށް ހާއްސަކޮށްފައިވާ ކެބިންގެ ތެރޭގައި ތިއްބަވަނިކޮށް ކަމަށެވެ.
އަދި ދެ ފަނޑިޔާރުން އަވަހާރަކޮށްލުމަށް ފަހު ހަމަލާ ދިން މީހާވެސް އަމިއްލައަށް މަރުވެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައި ވެއެވެ.
ނަމަވެސް ސެކިއުރިޓީ އެހާ ވަރުގަދަ ތަނެއްގައި ހަތިޔާރު ހިފައިގެން ހުރި މީހަކަށް އެތަނަށް ވަދެވުނީ ކިިހިނެއްކަމެއް ވަނީ ސާފުނުވެފަ އެވެ.
އެ މައްސަލައިގައި ކޯޓުގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އެ ހަމަލާ ދިން ސަބަބެއް ސާފުނުވާ ކަމަށް ވެސް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައި ވެއެވެ.
އެހެން ނަމަވެސް އިރާނަކީ ޓެރަރިޒަމްއާއި ގައުމީ ސަލާމަތާ ގުޅޭ މައްސަލަަތަކުގައި މަރުގެ އަދަބުތައް ދޭ ގައުމަކަށްވާތީ އެ ގައުމުގެ ފަނޑިޔާރުންނާމެދު ވަރަށް ބޮޑަށް ރުޅިވެރިކަން އޮވެއެވެެ.

ކިޔުންތެރިންގެ ހިޔާލު