ލައްކައަަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކަށް ދެ އަހަރެއްހާ ދުވަހުގެ ޖަލު ހުުކުމެެއް އިއްވައިފި އެވެ.
ކްރިމިނަލަ ކޯޓުން އެ ހުކުމް އިއްވީ ތ. ކިނބިދޫ / ފިތުރޯނުގެ، މުހައްމަދު އިލްހާމްގެ މައްޗަށެވެ. އެއީ 2022 ވަނަ އަހަރު "ތައި ޝޮޕް" ފަޅާލި މައްސަލައިގަ އެވެ.
ހުކުމްގައި ބުނެފައިވާ ގޮތުން އިލްހާމް ވަނީ އެ ތަނުގެ ތިޖޫރީގައި ހުރި ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއީ ޕާސްޕޯޓްތަކަކާއި އަދި ވަކި ލާރި ފުޅިއެއް ނަގައިފަ އެވެ.
އޭނާ އެތަަނަށް ވަނީ ވައިގޮޅީގެ ކުޑަދޮރުގެ ތަންޑެއް ހަލާކޮށްލައިގެން ނެވެ.
އެހެންވެ އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައި ވެއެވެ. އެއީ ވައްކަމާއި ހުއްދަ ނޫން ތަނަކަށް ގެއްލުން ދިނުމާއި އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.
އެ ދައުވާތައް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ 21 މަހާއި ތިން ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު