12 ގަޑިއިރުގެ "ބޭން" އަކަށްފަހު އެމެރިކާގައި އަނެއްކާވެސް މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު، "ޓިކްޓޮކް" ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
އެމެރިކާގެ ސަރުކާރުން އެ ގައުމުގައި ޓިކްޓޮކް ބޭން ކުރަން ނިންމުމާއެކު ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތަކުން ފެށިގެން އެ އެޕްލިކޭޝަންގެ ހިދުމަތް ވަނީ އެގައުމުގައި މެދުކަނޑާލާފައެވެ.
އެގައުމުގައި އެ އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކޮށްފައިވާކަން މެސެޖެއް މެދުވެރިކޮށް ޓިކްޓޮކުން ވަނީ އެ ބޭނުން ކުރާ ފަރާތްތަކަށް އަންގާފައެވެ. އަދި މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ކުންފުންޏާއެކު މިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ އިޝާރާތްތަކެއް ކުރައްވާފައިވާކަމަށްވެސް އެ މެސެޖުގައި ފާހަގަ ކޮށްފައި ވެއެވެ.
ޓިކްޓޮކުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އެޕްލިކޭޝަންގެ ހިދުމަތް އަލުން ދޭން ނިންމާފައިވަނީ އެކަމުގެ ސަބަބުން އެޕްގެ ސާވިސް ދޭ ފަރާތްތަކަށް އެއްވެސް ޕެނަލްޓީއެއް ނާއްނާނެ ކަމަށް ބުނެ ޓްރަމްޕު ޔަގީންކަން ދިނުމުގެ ސަބަބުން ކަމަށެވެ. އަދި މިއީ ވަގުތީ ހައްލެއް ކަމުގައި ވީނަމަވެސް މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޓްރަމްޕް އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ޓިކްޓޮކުން ވަނީ އެކްސްގައި ހިއްސާކުރި މެސެގުގައި ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގައި ޓިކްޓޮކް ބޭން ކުރަން ނިންމައި ގާނޫނު ހަދާފައިވަނީ އެއީ އެ ގައުމުގެ ސަލާމަތީ ހިދުމަތްތައް ކަށަވަރު ކުރެވިފައި އޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކޭތީކަމަށެވެ. އަދި މި ފިޔަވަޅަކީ ބޭރުގެ ނުފޫޒުތަކުން ފަތުރަމުންދާ ޕްރޮޕަގެންޑާއިން އެ ގައުމުގެ ރައްޔިތުން ދުރުހެލި ކުރުމަށްޓަކައި އެޅިގެންދިޔަ ފިޔަވަޅެއްކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
ބައިޑެންގެ ސަރުކާރުން މި އެޕްލިކޭޝަން ބޭން ކުރުމަށް ވުޖޫދުކުރި މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ އެޅިފައިވަނީ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބޮލުގައެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ މިކަމާމެދު ދާއިމީ ގޮތެއް ނިންމުމުގެ ކުރިން އެ މަސައްކަތްތަކުގެ ތަފްސީލުތައް ރިވިއު ކުރަން ޖެހޭ ކަމަށެވެ.
އަދި މި ރިވިއު ކުރެވެންދެން ބޭންގެ ޑެޑްލައިންގެ މުއްދަތު 90 ދުވަހަށް އިތުރު ކުރައްވަން ނިންމާފައިވާ ކަމަށާއި، ރިވިއުކުރުމަށްފަހު މިކަމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޓްރަމްޕު ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕު މިހެން ވިދާޅުވުމުގެ ސަބަބުން ޓިކްޓޮކުން ވަނީ މިހާރު އެމެރިކާގައި އެޕް ބޭނުން ކުރެވޭނެ ގޮތް ހަދާފައެވެ. އަދި މިހާރު ބައެއް ފަރާތްތަކުން ވަނީ އެޕް ބޭނުން ކުރެވޭ ކަމަށް ބުނެ ޓިކްޓޮކްގައި ވީޑިއޯތައް ހިއްސާ ކުރަންވެސް ފަށާފައެވެ.
މި އެޕްލިކޭޝަނަކީ އެމެރިކާގެ 170 މިލިއަން މީހުން ބޭނުން ކުރާ އެޕަކަށް ވީއިރު، މި އެޕްގެ ޒަރިއްޔާއިން އާމްދަނީ ހޯދާ މީހުންވެސް އެގައުމުގައި ވަރަށް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު