ދިވެހިރާއްޖޭގެ 55 ރަށެެއްގައި ކައުންސިލް އިމާރާތް އެޅުމަށް ދިވެހި ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި ރަށްތަކުގެ ކައުންސިލްގެ އިދާރާ އިމާރާތް ކުރުމަށް ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. އަދި މެލޭޝިއާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޝަރީފެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މި ސަރުކާރުން އަންނަނީ އަޅުއްވަމުންނެވެ.  އެގޮތުން ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

ރައީސްގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން