ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްޝާ- ގޫގުލް އިމޭޖެސް
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްޝާ- ގޫގުލް އިމޭޖެސް
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ މުސާރަ ނުވަތަ އިނާޔަތް 30،000 ރުޕީސް އަށް ކުޑަކުރުމަށް އެގައުމުގެ ރައީސް ނިންމަވައިފިއެވެ.

އެގައުމުގެ ރައީސް އަނުރަ ކުމާރު ދިސާނައިކަ މިގޮތަށް ކަންތައް ކުރަން ނިންމަވާފައިވަނީ އެގައުމުގެ ކުރީގެ ރައީސުން ދިރިއުޅެމުންދާ ގެތަކުގެ ކުލި ބޮޑު ކަމުންނެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދިސާނައިކަ ވިދާޅުވީ މަހިންދަ ރާޖަޕަކްސާގެ ގޭގެ ކުއްޔަށް ބިމުގެ އަގު ނުލާ ކޮންމެ މަހަކު 4.6 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމަށެވެ.

އަދި މިއީ އެގައުމުގެ ސަރުކާރުން ކުރަމުންދާ ހަރަދުތަކަކަށް ވާތީ އެކަން ނިމުމަކަށް ގެނަސް ކުރީގެ ރައީސުންނަށް ދީފައިވާ ގެތައް އަނބުރާ ސަރުކާރަށް ނެގުމަށް އެގައުމުގެ ރައީސް ވަނީ ނިންމަވާފައެެވެ.

ދިސާނަޔަކަ ވިދާޅުވީ އެ ގެތައް އަނބުރާ ސަރުކާރާ ހަވާލު ނުކުރާނަަމަ ގެތަކަށް ކުލި ދައްކަން ޖެހޭނީ އެބޭފުޅުން އަމިއްލަ އަށް ކަމަށެވެ.

"ގާނޫނުގައި ބުނާ ގޮތުން ނަމަ ކުރީގެ ރައީސުންނަށް ސަރުކާރުން ދޭން ޖެހެނީ ދިރިއުޅޭނެ ގެއެއް ނުވަތަ، އެމީހުންގެ މުސާރައިގެ ތިން ބައިކުޅަ އެއްބައި. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ކުރީގެ ރައީސުންނަށް 30،000 ރުޕީސްގެ އިނާޔަތެއް ދިނުމަށް. މިއަދަދަކީ އެބޭފުޅުންގެ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވާ އަދަދު.” ކަޓުކުރަންޑާ ގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދިސާނައިކަ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ލަންކާގެ ރައީސް އިތުރަށް ވިދާޅުވީ ކޮލަމްބޯ، ކެންޑީ، އަދި ޓެމްޕަލް ޓްރީސްގައި ހުންނަ ރައީސްގެ ގެތައް ފިޔަވައި އެހެން ހުރިހާ މިނިސްޓަރުންގެ ބަންގަލޯތައްވެސް ނަގައި އެތަންތަން ހޮޓާ ތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާގެ ރައީސް ކަމަށް ދިސާނައިކަ އިންތިހާބުވީ އެގައުމުގެ އިޤްތިސާދީ ހާލަަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނިކޮށެވެ. ރައީސްކަމާ ހުވާކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ދިސަނަޔަކަ ވިދާޅުވީ ލަންކާއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން