ރައީސުލްޖުމްހޫރިއްޔާ ރ. ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ރ. ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރެއްވުން
ރަސްގެތީމުގެ ތަރައްޤީގެ މަސައްކަތްތައް މި އަހަރު ތެރޭގައި ފަށައި ނިންމަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރަށްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި ރަސްގެތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ އެރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން ގިނަ ކަންކަން މި އަހަރު ތެރޭގައި ކޮށް ނިންމައިދެވޭނެ ކަމުގެ އުފާވެރި ޚަބަރު ރައްޔިތުންނަށް ދެއްވުމަށް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް ވަރަށް ދަތި އަހަރެއް ކަމަށާއި، ރަސްގެތީމުގެ ތަރައްގީގެ މަސައްކަތްތައް ވެސް ފަސްވި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

“ކެމްޕޭން ތެރޭގައި ވެފައި ހުރި ވައުދުތަކަކީ މި އަހަރު ތެރޭގައި ވަރަށް އިސްކަމެއް ދީގެން ފެށި އަދި ނިންމަދޭނެ ކަންކަން. އެކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅުންނަށް އަޅުގަނޑު އަރުވަން.” ރައީސް މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް މިހާރުވެސް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރަސްގެތީމަކީ ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން