ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އިއްޔެ މެންދުރު 14:45 ހާއިރު ނޮޅިވަރަންފަރުގައި ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ބީޗުގައި އިންދާ ފަތުރުވެރިއަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފަތުރުވެރިއަކަށް އަނިޔާކުރި މައްސަލާ ގުޅޭގޮތުން އެ ރަށު ކައުންސިލުންވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ކައުންސިލުން މިއަދު ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އަންހެން ފަތުރުވެރިއަކަށް ހަމަލާދީ ޖިންސީ އަނިޔާކުރަން އުޅުނު ހުތުރު އަމަލަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ހިތާމައެއް ކަމަށެވެ. އަދި ރަށުގެ ރީތި ނަމަށް ލިބިގެންދިޔަ ހުތުރު ކިލަނބުކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ކައުންސިލުން ވަނީ އެ މުޑުދާރު އަމަލު ކުށްވެރިކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ، އަދި މިފަދަ އަމަލުތައް ތަކުރާރު ނުވާނެގޮތަށް ބަލައި ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު