މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ހއ. ގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު އުތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރަށްވަައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ގައުމީ ދުވަހުގެ ބަތަލު ބޮޑުތަކުރުފާނު އުފަން ރަށުގައި ވަގުތުކޮޅެއް ހޭދަކުރައްވަން ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ވަރަށް ބޮޑަށް އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އުތީމަށް އެ ހާއްސަ ޝަރަފު އަބަދުވެސް އޮތްކަން ފާހަގަ ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ދައުރެއްގައި އެއް ފަހަރު އުތީމުގައި ގައުމީ ދުވަސް އާދައިގެ ގޮތެއްގައި ފާހަގަ ކުރެއްވުމަކީ އެދިވަޑައިގަަންނަވާ ގޮތް ނޫން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެކަން މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެެވެ. ރައީސް ވަނީ މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު