ގައުމުގެ ހައްގުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅަކީ ހިކުމަތްތެރި، އިބުރަތުން ފުރިގެންވާ ފިޔަވަަޅެއް ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒް މުހްސިން ވިދާޅުވެއްޖެއެެވެ.

މުހުތާޒު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ މަގާމުން ރައީސް މުޢިއްޒު މިއަދު ވަކިކުރަށްވާފައިވާ ދަނޑިވަޅެއްގައެެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒް މުހްސިން ވިދާޅުވީ ފަރުދީ މަސްލަހަތަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް މާ މުހިންމު ކަމަށެވެ.

"މިގައުމުގެ ވަލީއުލް އަމްރު ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ މި ލޮބުވެތި ވަތަނުގެ މަސްލަހަތު ދަމަހައްޓާނެ އެންމެމަތީ ކުންނެވެ. ފަރުދީ މަސްލަހަތަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް ބޮޑެވެ." މުހުތާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުހުތާޒު ވިދާޅުވީ، މިގައުމުގެ ހައްޤުގައި އެމަނިކުފާނު (ރައީސް މުޢިއްޒު) އަޅުއްވާ ކޮންމެ ފިޔަވަޅަކީ ޙިކުމަތްތެރި އިބުރަތުން ފުރިގެންވާ ފިޔަވަޅެއްކަން ޔަގީންވާ ކަމެއް ކަމަށެވެ.

ކުއްލި ގޮތަކަށް މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަގާމުން ވަކިކޮށްފައިވާއިރު އޭނާ މަގާމުން ވަކިކުރި ސަބަބާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ފައިސަލް މަގާމުން ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގުން ރައީސް މުޢިއްޒު ވަނީ އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އާއި ހަވާލު ކުރަށްވާފައެވެ.

ފައިސަލަކީ ރައީސް މުޢިއްޒު އާއި އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ބުނާ ރައްޔިތުން މަޖިލީހުގެ ރައީސް، އަބުދުއްރަޙީމްގެ ދަރިކަލުންނެވެެ. ފައިސަލް ވަޒީރު މަގާމުން ވަކިކުރެއްވުމާއި ގުޅިގެން އަބުދުއްރަހީމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައީސް ޑރ. މުޢިއްޒު އާ އޭނާ އާއި ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަަމަ ވަޒީރު ކަމުގެ މަޤާމުން ފައިސަލް ވަކި ނުކުރަށްވާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން